ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޣިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ލެ ސަރަޙައްދުގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ފަންޑިންގއެއް ދިނުމަށް އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއިއެކު މީޑިޔާއާ ބައްދަލުކުރައްވައި، ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

މީޑިޔާއާ ބައްދަލުކުރައްވައި މި ބަޔާން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައެވެ.

ގުޅިފައިވާ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ދެމެދު އޮތް އެތައް ގަރުނެއްވީ އެކުވެރި ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ އެކިއެކި މުޢާމަލާތްތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ މިހާރު ކުރިޔަށްދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރު ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

މިއަދު ކުރިޔަށްދިޔަ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށުމާއި، 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވައި، މިއީ ދެ ޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ހެކިކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ފަންޑިންގއެއް ދިނުމަށް އެއްބަސްވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ، އެމަނިކުފާނު ވަނީ ހައްދުންމަތީ ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލާއި ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ފަދަ މުހިންމު މަޝްރޫޢުތައް، ބާރު ސްޕީޑުގައި ނިންމުމަށް މަގުފަހިވާގޮތަށް އިންޑިއާ ސަރުކާރުން އިތުރު އެހީތެރިކަން ދިނުމަށް ނިންމަވާފައިވާތީ އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.