އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށްފިއެވެ.

އުރީދޫ 5ޖީ ނެޓްވޯކް އަށް މި ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ އުރީދޫއިން ރާއްޖޭގައި ޙިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު މީރުމާގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ.

އެގޮތުން މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ހަމަ އެއާއެކު 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ.

އުރީދޫއިން ބުނީ ސުޕަރނެޓް އެއަރފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބޭނެ ކަމަށެބެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި ކަމަށާ ހައިޓެކް ޙިދުމަތްތައް ބޭނުންކުރުމަށް ކަސްޓމަރުންނަށް ދަށް ލޭޓަންސީގައި ހަލުވި ސްޕީޑު ބޭނުންވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށެވެ. މިއަދު އަޅުގަނޑުމެން ދިވެހިންގެ ޙިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

އުރީދޫއިން ވަނީ އެކުންފުންޏަކީ ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ ޕްލަސް ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރުކަން ފާހަގަކޮށްފައެވެ. އަދި، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކް ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނިވެސް މެ އެވެ. އުރީދޫ މޯލްޑިވްސްއިން 5ޖީ އެއަރފައިބަރ – ރާއްޖޭގެ ފުރަތަމަ 5ޖީ ބޯރޯޑްބޭންޑް ޙިދުމަތް ތައާރަފް ވެގެން ދިއައީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮދު ކާމިޔާބީއެކެވެ.

މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފަ. ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *