އައިޖީއެމްއެޗް - ފޮޓޯ: މިހާރު

އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމް (އީއާރު) އިންޗާޖާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޑިޕާޓްމެންޓްގެ 31 ނަރުހުން ސޮއިކޮށްހުށަހެޅި ޕެޓިޝަނުގައިވާ  މައްސަލަތައް ބަލަން ފަށައިފިއެވެ.

ޖޫން މަހު 15 ގައި ހުށަހެޅި މި ޕެޓިޝަނާއި ގުޅޭ ގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ޖަޒީރާ' އިން ސުވާލުކުރުމުން ވިދާޅުވީ މިހާރު އެމައްސަލަ ބަލަމުންދާ ކަމަށެވެ.

މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާއަށް ލީކު ކޮށްލާފައިވާ މި ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ ހަމައެކަނި ދިވެހި ނަރުހުންނެވެ.

މިޕެޓިޝަނުގައި ތުހުމަތުކޮށްފައިވަނީ ސިވިލްސާވިސްގެ ޤާނޫނާއި ހިލާފަށް އީއާރް އިންޗާޖް ބައެއް ނަރުހުންނާ މެދު އަމަލުކުރަމުންދާކަމަށެވެ.

އައިޖީއެމްއެޗްގެ ސީއީއޯގެ ބިއުރޯއަށާއި އެޗްއާރަށްވެސް މި ޕެޓިޝަން ހުށަހަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ޕެޓިޝަނުގައި ނަރުހުން ޑިމާންޑް ކުރަނީ އީއާރް އިންޗާޖް ބަދަލުކޮށްދިނުމަށެވެ.

13 ޕޮއިންޓެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގައި ބުނެފައިވަނީ، މާބަނޑު މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުން ބަލިވެގެން ސިކް ލީވަށް އެދުމުން ސިކް ލީވް ނުދިނުމާއި، ބައެއް މުވައްޒަފުންނަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެންގި ނަމަވެސް ސިކް ލީވް ދިނުން ފަދަ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ.

އަދި އީއާރްގެ ހަތަރު ސްޓާފުން އެއްފަހަރާއި ބަލިވެ އިނުމާއި ގުޅިގެންވެސް މާ ބަނޑުވުމަށް "ސްލޮޓް" ދޭނީ އޭނާކަމަށް އީއާރް ހެޑް ބުނެފައިވާ ކަމަށް މި ޕެޓިޝަނުގައި ތުހުމަތު ކޮށްފައިވެއެވެ. ސޮއި ކުރި ނަރުހަކު ބުނީ އިންޗާޖާއި ދެކޮޅަށް ހުށަހެޅި މައްސައިގެ ހެކިވެސް އެބަހުރި ކަމަށާއި، މިކަން ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅާނެ ކަމަށެވެ.

އަދި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް އޮފީސް މަސައްކަތް ކުރުމަށް މަޖުބޫރުކުރުވާ ކަމަށާއި، އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ އެޕްރައިސަލް ފޯމުން އެޗްއާރް އިންޖާޗް ގަސްތުގައި މާކްސް އުނި ކުރުން ފަދަ ކަންކަން ކުރާކަމަށްވެސް ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ.

އަދި މަސައްކަތުގެ މާހައުލުގައި ޖޫނިއާ ސްޓާފުންނާއި ސީނިއާރ ސްޓާފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި، މަސައްކަތު މީހުންނާ ހުތުރުބަހުން މުއާމަލާތް ކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އައިޖީއެމްއެޗްގެ އީއާރް އިންޗާޖުގެ މައްޗަށް މިފަދަ ތުހުމަތުތަކެއްކޮށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް އޭނާ ދާދިފަހުން އޮތް ކޮންފަރެންސެއްގައި އައިޖީއެމްއެޗްގެ ފަރާތުން ބައިވެރިވެފައިވާތީ ޕެޓިޝަންގައި ސޮއި ކުރި ނަރުހުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

0
2
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *