އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރ އަސްލަމް ބައެއް މެެންބަރުންނާއި މަޖިލިސް ސްޓާފަކާއި އެކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން އެދެމުންދާ ކަމަށް ޕީޖީ ގުރޫފުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެދުނު ނަމަވެސް އަދި އެފަދަ މައްސަލައެއް ޕީޖީ ގުރޫޕަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން އަމަލުކުރާ ގޮތަކީ އެޕާޓީގެ މަޖިލީސް މެންބަރަކާއި މެދު ފިޔަވަޅެއް އެޅުމަށް ރަސްމީކޮށް ޕީޖީ ލީޑަރަށް ހުށަހެޅުމުން ދެން ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވާ އެ ބައްދަލުވުމުން ފާސްވާ ގޮތަކަށް އަމަލުކުރުމެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން ރައީސް ނަޝީދު މަގާމުން ދުރުކުރަން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރައްވާ އެމްޑީޕީގެ ވަޓްސް އެޕް ގުރޫޕެއްގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.