އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޮޑީބޯޑިން ވޯލްޑް ޓުއަރގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފުތިތާހުކޮށްދެއްވައިފިއެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބާއްވާފައިވާއިރު މި މުބާރާތް އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ވޯލްޑް ޓުއާ މުބާރާތެއް އޭޝިއާގައިވެސް ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި ރާއްޖޭގެ އަށް ބޮޑީބޯޑަރުން ވާދަކުރާމެއެވެ. އެއީ ގައުމީ ޖޫނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނާއި، ސީނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނެވެ. މީގެ އިތުރުން މި މުބާރާތުގައި، ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން އަދި ފިރިހެން ބޮޑީބޯޑަރުން ވާދަކުރާއިރު، ޖުމްލަ 12 ގައުމެއްގެ ބޮޑީބޯޑަރުން މި މުބާރާތުގައި ވާދަކުރާނެއެވެ.
މި މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ
ރާއްޖޭގައި ފެށި މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު ކަމާއި ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސްއެވެ.