ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކަކީ ޖަޕާން، ސިންގަޕޫރު އަދި ސައުތު ކޮރެއާގެ ޕާސްޕޯޓެވެ.

މިއީ ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް 2022 ގެ ރޭންކިންގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކެވެ. ޖަޕާން ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ފަސޭހަ ޕާސްޓެވެ. 193 ގައުމަކަށް އެއްވެސް އުނދަގުލަކާއި ނުލާ އެތެރެވެވެއެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ރޭންކިންގައި ދެވަނައިގައި އޮތީ ދެކުނު ކޮރެޔާ އަދި ސިންގަޕޫރު ޕާސްޕޯޓުގައި 192 ގައުމަށް ވިސާއާއި ނުލާ އެތެރެވެވެއެވެ. ރޭންކިންގެ 3 ވަނައިގައި ވަނީ ޖާމަނީ އާއި ސްޕެއިން އެވެ. މި ދެގައުމުގެ ޕާސްޕޯޓްގައި 190 ގައުމަށް އުނދަގުލަކާއި ނުލާ އެތެރެވެވެއެވެ.

ރޭންކިންގެ ހަތަރުވަނައިގައިވާ ފިންލޭންޑާއި އިޓަލީ އަދި ލަކްސަންބާގް ޕާސްޕޯޓުގައި 189 ގައުމަކަށް ދަތިކަމެއް ނެތި އެތެރެވެވެއެވެ. އޮސްޓްރިއާ ޑެންމާކް ހިމެނެނީ މި ރޭންކިންގެ ފަސް ވަނައިގައެވެ. އެ ދެގައުމުގެ ޕާސްޕޯޓުގައި އުނދަގުލެއް ނެތި އެތެރެވެވެނީ 188 ގައުމަށެވެ.

187 ގައުމަށް ފަސޭހައިން އެތެރެވެވޭ ޕާސްޕޯޓަކީ އިންޑެކްސްގެ ހަވަނައިގައޖ އޮތް އިނގިރޭސިވިލާތެވެ. ހަތް ވަނައިގައި އޮތީ އެމެރިކާއެވެ. އެމެރިކާ ޕާސްޕޯޓްގައި 186 ގައުމަށް އުނދަގުލެއް ނެތި އެތެރެވެވެއެވެ.

މިލިސްޓްގައި ރާއްޖެ އޮތީ 63 ވަނައިގައެވެ. ވިސާ އާއި ނުލާ 89 ގައުމަކަށް ދިވެހި ޕާސްޕޯޓުގައި އެތެރެވެވެއެވެ.

މި ލިސްޓުގެ 50 ވަނަގައި ވަނީ 199 ގައުމަށް ފަސޭހަކަމާއި އެކު އެތެރެވެވޭ ރަޝިއާގެ ޓްރެވެލް ޑޮކިއުމެންޓްތަކެވެ. 69 ވަނައިގައި އޮތީ ޗައިނާ ޕާސްޕޯޓްގައި 80 ގައުމަކަށް ފަސޭހަކަމާއެކު އެތެރެ ވެވެއެވެ. އިންޑިއާ ޕާސްޕޯޓް އޮތީ 87 ވަނައިގައެވެ.

ފަސޭހައިން އެތެރެވެވޭ ގައުމުތައް އެންމެ މަދީ އަފްގާނިސްތާނު ޕާސްޕޯޓަށެވެ. އެގައުމުގެ ޕާސްޕޯޓްގައި ފަސޭހައިން އެތެރެވެވެނީ އެންމެ 27 ގައުމަށެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *