ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް - ފޮޓޯ: ސަން އޮންލައިން

މެއި މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް އިތުރުވެ އާމްދަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު 26 އިންސައްތައިގެ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މެއިމަހު 239 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ މެއި މަހު މި އަދަދު ވަނީ 300 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މޭމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 447 މިލިއަން ރުފިޔާގެ މުދާ، އެތެރެކޮށްފައިވެއެވެ. ޔޫ.އޭ.އީ އިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 387 މިލިއަން ރުފިޔާގެ މުދާ މެއިމަހު އެތެރެކޮށްފައި ވެއެވެ.

މިދިޔަ މަހު ރާއްޖެއިން އެކްޕޯޓް ކުރި ގައުމުތަކަކީ ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިއާ އަދި ފްރާންސެވެ. އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. މީގެތެރެއިން 60 ޕަސެންޓް އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ.

މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަދަދު 60 އިންސައްތަ އިތުރުވެފައިވާއިރު އެކްސްޕޯޓް ކޮށްފައިވަނީ 247 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރާއި ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓްކުރި މުދަލުގެ އަގު ވަނީ 5.2 ބިލިއަނަށް އަރާފައެވެ. މިއީ 78 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.3 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އޭގެތެރޭގައި އޮމާނުން އެތެރެކުރި 1.1 ބިލިއަން ރުފިޔާގެ ތެޔޮ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *