ކޯހުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ފުރި ބައިވެރިންނާއި އެކު މިނިސްޓަރ މާރިޔާ - ފޮޓޯ: ޑިފެންސް

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓަރ ކޯހުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ 4 މުވައްޒަފުން އިނގިރޭސި ވިލާތަށް ދިޔުމަށް ފުރައިފިއެވެ.

މި ކޯހަކީ އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން 26 ޖުލައި އިން 03 އޮގަސްޓް 2022 އަށް އިނގިރޭސި ވިލާތުގައި ކުރިޔަށް ގެންދާ ކޯހެކެވެ.

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓަރ ކޯހުގައި ބައިވެރިވާނީ މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އެ މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ 4 މުވައްޒަފުންނެވެ.

ކޯހުގެ ހުރިހާ ހަރަދެއް ވެސް އިނގިރޭސި ވިލާތުން ހަމަޖައްސާފައިވާއިރު، މިކޯހަކީ ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު ޤާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ ތެރެއިން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނިޒާމްގެ ސިޔާސަތުތައް ކަނޑައަޅާ އެ ނިޒާމް ތަންފީޒް ކުރަމުންދާ މިންވަރު ދެނެގަތުމުގެ ޒިންމާ އަދާ ކުރުމުގައި  މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިއީ ވައިގެ ދަތުރު ފަތުރާއި ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑަށް މުވައްޒަފުން ތަމްރީން ކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދެވޭ ތަމްރީން ކޯހެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ތަފާތު އެހީތެރިކަން ފޯރޮކޮށްދެމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަ ކުރެއެވެ.

އެގޮތުން މި މަސައްކަތުގައި ބޭނުން ކުރާނެ 10 އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން މެޝިން ހަދިޔާ ކުރުމާއި، އެއަރޕޯރޓްގެ ސަލާމަތީ ރައްކާތެރި ކުރުމުގެ މަސައްކަތް ތަންފީޒް ކުރުމުގެ ޒިންމާ އަދާކުރާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށް ދިނުމުގެ އިތުރުން އެއަރޕޯރޓް ހިންގާ ފަރާތުގެ ސެކިޔުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ އިނގިރޭސިވިލާތުން ދެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި އިނގިރޭސި ވިލާތުގެ ކަމާއި ގުޅުންހުރި އިދާރާ ތަކުގެ އިސް އޮފިޝަލުންގެ މެދުގައި 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވުނު ބައްދަލުވުމަށްފަހު އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަން އާއި ދިވެހި ރާއްޖެއާއި ދެމެދު ޤާއިމު ކުރެވިފައިވާ ގުޅުމުގެ ތެރެއިން 2023 އަދި 2024 ގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައް ހިމެނޭ ޖޮއިންޓް އެކްޝަން ޕްލޭން އެއް އެކުލަވާ ލުމުގެ މަސައްކަތް  ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން އާއި އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަން ގުޅިގެންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *