ހުޅުދޫ އާއި މީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހުއްޓާލަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އަންގައިފިއެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ސ. ހުޅުދޫ އަދި ހުޅުމީދޫގެ ބަނދަރު އިތުރަށް ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީއަށް ޖޫން 28، 2020 ގައި ދޫކުރި އީއައިއޭ ރިޕޯޓް ގަބޫލުކުރި ކަމުގެ ލިޔުމާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންވެ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ ދަށުން އެ މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާފައިވާ ކަމަށް ބުންޏެވެ.

އީޕީއޭއިން މިކަމާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުންވެސް މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހުޅުދޫގެ ބަނދަރުގެ މަސައްކަތް 2020 ވަނަ އަހަރު 80.69 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ހުޅުމީދޫ ބަނދަރު ތަރައްގީކުރަން ހަވާލުކުރީ 66.3 މިލިއަން ރުފިޔާ އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *