10 އޭޕްރީލް 2021 - ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ގުނުން ކުރިއަށްގެންދަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

މ. ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން އޯގަސްޓު މަހުގެ 13 ވަނަ ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ދިއްގަރު ކައުންސިލްގެ ގޮޑިއެއް ހުސްވެފައި މިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރި އެކައުންސިލްގެ މެމްބަރު އިބްރާހިމް ޚަލީލް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަނުގައި ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށެވެ.

އެމްޑީޕީގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރާ ޢަބްދުﷲ ޢާރިފަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޙަންނާން އަޙްމަދަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.

ދިއްގަރު ކައުންސިލްގައި މިހާރު ތިއްބެވީ އެމްޑީޕީގެ 3 މެމްބަރަކާއި ޕީޕީއެމްގެ މެމްބަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *