ށ. ފޭދޫ -- ފޮޓޯ: މުހައްމަދު އަފްރާހް

ށ. ފޭދޫގައި އަނބިމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާކޮށްފައިވަނީ ށ. ފޭދޫ ރެޑިއަމްގެ، އާދަމްގެ މައްޗަށްކަމަށެވެ. އޭނާގެ މައްޗަށް ކުރި ދައުވާ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި އާދަމްގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެގޮތުން އޭނާގެ މައްޗަށްކޮށްފައިވަނީ އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ އެވެ.

އާދަމް އޭނާގެ އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.