މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.

ސައުދީ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންނެވި އިރު، އެ މަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ ރާއްޖެއަށް ލިބުނު ކޯޓާގެ ދަށުންނެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ދިވެހި ހައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ އިންތިޒާމްތައް ވަރަށް ގާތުން ބައްލަވާ އޮޅުން ފިލުއްވަމުންނެވެ. އަދި ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ އެންމެ ފަހު ގްރޫޕްގައި ހިމެނޭ މީހުންނާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވާ ރައީސް ވަނީ އަލްވަދާޢު ވިދާޅުވެފައެވެ. އަދި ރާއްޖެއިން ފުރުމުގެ އިންތިޒާމްތަކުގެ އިތުރުން ސަޢުދީގައި ހަމަޖައްސާފައިވާ އިންތިޒާމްތައްވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބައްލަވަމުންނެވެ.

މިއަހަރުގެ އަމީރުލް ހައްޖު، އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީ އިއްޔެ ވަނީ ހައްޖަށް ފުރާވަޑައިގެންފައެވެ.

މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.