މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރު

ޢުމްރާނީ ތަރައްޤީ ޕްލޭން ކުރާއިރު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނެގޮތް ކަށަވަރުކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ ފޭސް2 ގެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުންނެވެ. ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖެ ތަރައްޤީ ކުރަމުންދާއިރު އަދި ޚާއްސަކޮށް ހުޅުމާލެ ފަދަ އާބާދީ މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އެތަންތަނުގެ އަމަން ބަލަހައްޓާނެ ގޮތުގެ ޕްލޭނާއި ވިސްނުން ހުންނަން ޖެހޭ ކަމަށެވެ.

ނަޛީރު ވިދާޅުވީ ކުށުގެ މާހައުލަށް އަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ރާވައިގެން ތަރުތީބު ކޮށްގެން ކުށް ކުރަމުންދާ މީހުން ކުރަންދާ މަސައްކަތް ދެނެގަތުމުން، އަމަން ބަލަހައްޓާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން އެނގިގެންދާ ކަމަށެވެ.

މިކަންކަން ޕްލޭންކުރާއިރު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ކިހިނެއްތޯ މިތަންތާގެ އަމަން ބަލަހައްޓާނީ. މިތަންތަނުގެ ސަލާމަތީ ޚިދުމަތްތައް އަޅުގަނޑުމެން ފޯރުކޮށްދޭނީ ކޮންގޮތަކަށްތޯ. އެވިސްނުން އަޅުގަނޑުމެންގެ ހުންނަން އެބަޖެހޭ މިތަނަށް ކަރަންޓު ދޭނީ ކިހިނެއްތޯ، މިތަނުގެ ނަރުދަމާ އަޅާނީ ކިހިނެއްތޯ ވިސްނާ މިންވަރަށް ވިސްނަންޖެހޭކަން އަޅުގަނޑުމެންނަށް މިހާރު އެބައެނގޭ ކުށުގެ މާހައުލަށް މިއަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ކުށް ރާވައިގެން ތަރުތީބު ކޮށްގެން ކުރާމިހުން މިކުރަމުންދާ މަސައްކަތް ދެނެގަތީމަ އަޅުގަނޑުމެންނަށް އެބައެނގޭ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް މިދެންނެވި މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން."

ނަޛީރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ކުރެވުނު ތަޖުރިބާއިން ދަސްކުރަންޖެހޭ ފިލާވަޅަކީ މިފަދަ އާބާދީ މަރުކަޒުތައް ޕްލޭންކުރާ މަރުހަލާގައި ކަރަންޓާއި ނަރުދަމާ އަޅާނެ ގޮތާމެދު ވިސްނާ ވިސްނުމަށްވުރެ ބޮޑަށް މި ތަންތަނުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތަކާމެދު ވިސްނުން މުހިންމުކަން ކަމަށެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށެއް އުފެދިދާނެ ކަންކަން ދެނެގަނެ އެކަން ޙައްލު ކުރަންޖެހޭ ކަމަށާއި ޚިދުމަތް ދިނުމަށްޓަކައި ކުރާ ހޭދައިގެ ބޮޑު އިންސައްތައެއް ކުށެއް އުފެދުމުގެ ކުރިން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހޭދަކުން އެބަޖެހޭ ކަމަށެވެ.

އިންސައްތައިން ބޮޑުބައެއް މިހާރު ހޭދަކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ކުށެއް ކުށަކަށް ވުމުގެ ކުރިން އެކަން ފާހަގަކޮށް ކުށެއް ނުއުފެދެނީސް އެކަން ހުއްޓުވުމަށްކުރާ މަސައްކަތަށް. މިދަންނަވަނީ ކްރައިމް ޕްރިވެންޝަންއަށް. ގޭގެއަށް. ފަޅުއޮޑިފަހަރަށް، ހޮޅުއަށިތަކަށް ތިބޭފުޅުން ވަޑައިގެން ކުށެއް އުފެދިދާނެހެން ހީވާ ކަންކަން ދެނެގަނެ ކުށަކަށްވުމުގެ ކުރިން އެކަންކަން ޙައްލު ކުރުމަށް ކުރާ މަސައްކަތް އަޅުގަނޑުމެން އިތުރު ކުރަންޖެހޭ"

ނަޛީރު ވިދާޅުވީ ކަންކަން ފަރުމާކުރުމުގެ މަރުހަލާ ފަށައިގަންނަން ޖެހޭނީ ރައްޔިތުން ތަހައްމަލު ކުރާ ބިރުވެރިކަން ނައްތާލެވޭނެ ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ނޫންނަމަ މިއަދު ނިންމާލާ މަސައްކަތް ވެގެންދާނީ ދެން އަންނަން ތިބި ބަޔަކަށް ބޮޑު ތަކުލީފަކަށް ކަމުގައި ނަޛީރު ވިދާޅުވިއެވެ.

ހުޅުމާލޭގެ 2 ވަނަ ފޭސްގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަށް ކުރާ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތް އެހާ ލަސްނުވެ ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.