އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ހާލު ސީރިއަސްވި އެކަކު ނިޔާވެއްޖެ އެވެ.

ނިޔާވީ ހާލު ސީރިއަސްވި އުމުރުން 23 އަހަރުގެ ޒުވާނާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެއީ ތ.އަތޮޅު ދިޔަމިގިއްޔަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުން ބުނީ ފެންފުށީގައި މޫދަށް އެރި އުޅުނު ދެ މީހަކު ގެއްލިގެން އިރުއޮއްސި ހައެއް ޖެހިއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި ގެއްލުނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެ ޒުވާނުންވެސް ފެނިފައިވާއިރު އިތުރު ފަރުވާއަށް ވަނީ އދ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.