ސަލްމާން މިސްކިތުގެ މިންބަރަށް މިއަދު ހުކުރު ވަގުތު އަރައި، އަޑުގަދަކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ސަލްމާން މިސްކިތަށް ހުކުރަށް ދިޔަ މީހަކު ހައްޔަރު ކުރަަން ފުލުހުން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ މީހާ ވަނީ ޚުތުބާ ކިޔަން ތައްޔާރު ވަނިކޮށް މެމްބަރަށް އަރައި އަޑުގަދަ ކޮށްފައެވެ. އޭނާ ހުރީ އައިއެސްގެ ލޯގޯ ޖަހާފައި ހުރި ކަޅު ކުލައިގެ ޖުއްބާއެއްލައި ބޮލުގައި ފަގުޑި އަޅާފައެވެ.

ހުކުރު ކުރަން ހުރަސް އަޅަން އުޅުމުން އެކަން ހުއްޓުވީ ސިފައިންނާއި މިސްކިތަށް ނަމާދަށް ގޮސް ތިބި މީހުންނެވެ.

ފުލުހުން ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރާ ހުރެ މީހަކު އަޑުގަދަ ކުރާ ކަމުގެ ރިޕޯޓެއް 12:24 ގައި ފުލުހުންނަށް ލިބުނު ކަމަށެވެ. މި މައްސަލައަ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 43 އަހަރުގެ މީހެއް ކަމަށްވެސް ބުންޏެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.