އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވުމަކީ އެމްޑީޕީ އާއި ގައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒައިނާ ވިދާޅުވީ ރަނގަޅު ހެޔޮލަފާ ވެރިޔަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭންނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފެހި ޤާނޫނު އަސާސީ އާއިއެކު އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ސޯލިހުކަން ފާހަގަ ކުރައްވާ ރޮޒައިނާ ވިދާޅުވީ ބޭނުންވަނީ ހަމަޖެހުމަށް ލޯބިކުރާ ވެރިއެއް ކަމަށެވެ.

"އާސްކު ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅުގޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވެރިކަން ބޭނުންނަމަ އެމަނިކުފާނަކީ 'ޗޮއިސްއެއް' ކަމަށެވެ. އަދި އެމަނިކުފާނާއެކު އެމްޑީޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެއްޖެނަމަ، އިންތިހާބު ކާމިޔާބުކުރެއްވޭނެކަން ޔަޤީންވާކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.