ފޮޓޯ

"އާސްކް ސްޕީކަރ"ގެ ފަސް ވަނަ ޕްރޮގްރާމް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ "އާސްކް ސްޕީކަރ" ގެ ފަސް ވަނަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިރޭ ޓީވީއެމް ސްޓޫޑިއޯގަ އެވެ. މިރޭގެ ޕްރޮގްރާމްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ، އަމާޒުކުރެވުނު ގިނަ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

މިރޭގެ ޕްރޮގްރާމްގައި އެމަނިކުފާނަށް ގިނަ ސުވާލުތައް އަމާޒުކުރެވުނީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުންނާއި، އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ގުޅޭގޮތުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، ދެބޭފުޅުންގެ ގުޅުމާއި ގުޅޭގޮތުންވެސް ބައެއް އާންމުން ވަނީ ސުވާލުތައް އަމާޒުކޮށްފަ އެވެ. އޭގެއިތުރުން ބޯހިޔާވެރިކަމާއި ގުޅުންހުރި ބައެއް ސުވާލުތައްވެސް އެމަނިކުފާނާ މިރެގޭ ޕްރޮގްރާމްގައި އަމާޒުކޮށްފައިވެއެވެ.

ނޯޓް: މި ލިޔުމުގައި ހިމެނޭ ފޮޓޯތަކަކީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފޮޓޯގްރަފަރުން ނަގާފައިވާ ފޮޓޯތަކެކެވެ.

ސޯލިހް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުން ރަނގަޅެއް ނޫން: ނަޝީދު

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %