މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްޞަ ވޯޑު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގެ ހޮސްޕިޓަލުގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްޞަކޮށް 9 އެނދުގެ މި ވޯޑުގައި ޤާއިމްކުރެވިފައިވެއެވެ. އަދި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއް ހިމެނެއެވެ.

މީގެ އިތުރުން ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއްވެސް މި ވޯޑުގައި ބެހެއްޓިފައިވެއެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރުު ރަނގަޅު ކުރުމަކީ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއްކަމަށެވެ.

ނަފްސާނީ ބައްޔަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތައް ފެށީ މި ސަރުކާރުންނެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް، އައިޖީއެމްއެޗްގައި ނަފްސާނީ ބައްޔަށް ހާއްސަ ޑިޕާޓްމެންޓެއް ޤާއިމްކޮށް ފަރުވާދޭން ފެށީވެސް ރައީސް ސޯލިހްގެ ވެރިކަމުގެ ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.