ކޮވިޑްގެ ކޭސްތައް އިތުރުވިނަމަވެސް، ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުން ނެތްކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ކޮވިޑް ކޭސްތައް އިތުރުވަމުން އައުމާގުޅިގެން ރާއްޖެ އަލުން ލޮކްޑައުން ކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ ވަޒީރާ ވަނީ ސުވާލުކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން ލޮކްޑައުން އަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާ ބަލި ފެތުރޭ މިންވަރު އިތުރުވިޔަސް، ބައްޔާއެކީ އުޅެން މިހާރު ދަސްކުރަން ޖެހިފައިވާ ކަމަށެވެ.

އަޅުގަނޑުގެ ނަސޭހަތަކީ ހުރިހާ ބޭފުޅުން ވެސް ވިސްނާލައިގެން އުޅެން. އެކީ އުޅޭ މީހުންނާ އެކީ ނަމަ މާސްކު ކަންތައް ލުއިކޮށްލި ނަމަވެސް ބޭރު ތަންތަނުގައި މާސްކު އެޅުން ރަނގަޅު،"

އެޗްޕީއޭއިން ވަނީ ކޮވިޑް ކޭސްތައް ބޮޑުތަނުން ދަށުގައި ހުރުމަށްފަހު އަނެއްކާވެސް ކޭސްތައް އިތުރުވަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި 1202 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލުތަލުގައި އެޑިމިޓްކޮށްގެން ފަރުވާދޭ ކޮވިޑް ބަލި މީހުންގެ އަދަދު ވެސް މިހާރު ދަނީ އިތުރުވަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.