މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އައު ޝޯރޫމެއް އެސްޓީއޯއިން ހުޅުވައިފިއެވެ.

އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

25 އަހަރު ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ.

އެސްޓީއޯއިން ބުނީ، އާ ޝޯރޫމާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބިގެން ދާނެކަމަށެވެ. މިގޮތުން ޝޯރޫމް ގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެންހުންނާނެކަމަށާ މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އާ ޝޯރޫމް ތެރޭގައި ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލާތްތައް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނާ ފަދަ އެތައް ސާމާނެއް ހިމެނެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުންނާނެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެއެވެ.

ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބަރ ވަން ބްރޭންޑު މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިން ގެ އިތުރުން އާއްމު ދިރިއުޅުމުގައި އާއިލާ ތަކަށް އިތުރު ފަސޭހަ ތަކާއި ލުއިތަކެއް ހޯދައިދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.