ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ފިރިހެން ދަރިފުޅުގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
މާރިޔާ އެގޮތަށް ވިދާޅުވީ އޭނާގެ ދަރިފުޅުގެ ބަދުއަޚުލާގީ ވީޑިއޯއެއް އުޅޭކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަށް ދެއްވި ޖަވާބުގެ ސްކްރީން ޝޮޓެއް ޓްވިޓަރުގައި ހިއްސާކުރައްވަމުންނެވެ.
މާރިޔާ ވިދާޅުވީ އެއްވެސް މީހަކު އެކަމަނާގެ ދަރިފުޅު ބްލެކްމެއިލް ނުކުރާ ކަމަށާ އަދި އެއްވެސް މީހަކާ އެކު ދަރިފުޅު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ނުހުންނާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ ކޮންމެ ކަމެއްގެ ތެރެއަށް އޭނާގެ ދަރިން ހިމަނައިގެން ހެޑްލައިން ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިޔާސީ ސަބަބަށްޓަކައި ދަރިންނާއި ބެހުން އެބަހުއްޓެން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާލެއް،"
މިހާރު ދައުރުވަމުންދާ ސިޔާސީ ބޭފުޅުންގެ ބަދުއަހްލާގީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަކުގެ ތެރޭގައި މާރިޔާގެ ދޮށީ ފިރިހެން ދަރިފުޅު އައްފާންގެ ވީޑިއޯ ހިމެނޭކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ފަތުރަމުންނެވެ. އެހެންނަމަވެސް މިފަދަ ވީޑިއޯއެއް މިހާތަނަށް ފެނުނު މީހަކު ނެތެވެ.
ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއްގެ މައްސަލަތައް މި އަހަރުގެ މާޗްމަހުގެ ފަހުކޮޅުން ފެށިގެން ފުލުހުން ތަހުގީގުކުރަމުންދާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ހާމަކުރައްވާފައެވެ.