ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ބައިނަލްއަގުވާމީ ޔޯގާޑޭ ފާހަގަކުރުމަށް ގަލޮޅުދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތުގެތެރެއަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުގެ ސަބަބުން ކަމަށް ބުނެފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލްވުމުގައެވެ.

ޔޯގާ ހަރަކާތުގެތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސެންޓަރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވި ފެއިލްވުމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާ، ފުލުހުންގެ އެތެރޭގެ އިންކުއަރީއެއް ހަދަމުންދާ ކަމަށެވެ. އަދި އެ އިންކުއަރީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ މީގެކުރިން އެފަދަ އެއްވުންތައް ފުލުހުން މާރަނގަޅަށް ކޮންޓްރޯލް ކޮށްފައިވާ ކަމާއި ނަމަވެސް, ޔޯގާ ދުވަހު ކަން ދިމާވެފައިވަނީ އެކަން ވާން ޖެހޭ ގޮތަށް ނޫން ކަމަށެވެ.

މިބައްދަލުވުމުފައި ވާހަކަދައްކަވަމުން އެސިއްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިހަރަކާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް 21 މީހަކު ގެނެސްފައިވާކަމަށެވެ. އަދި މިހާތަނަށް މިހާދިސާގައި އަނިޔާވެރި ޢަމަލު ހިންގައިގެން ހޯދަން ބޭނުންވާ 4 މީހަކު ހޯދަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ.

އިހުތިޖާޖުގެ ބައިވެރީން ގެންގުޅުނު ދިދަތަކަކީ ސިޔާސީ ޕާޓީއަކުން ފޯރުކޮށްދިން އެއްޗެހިތަކެއް ނަމަވެސް އެ ހަރަކާތަކީ ވަކި ސިޔާސީ ޕާޓީއެއްގެ ބެލުމުގެ ދަށުން ހިންގި ހަރަކާތެއް ކަމަށް އަދި ނުނިންމާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.