އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވާހަކަދައްކަވަނީ---- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބައިނަލްއަގްވާމީ ޔޯގާ ދުވަހާއި ގުޅިގެން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިނުވާނެ ކަމަށާ އަދި ދައުރުވަމުންދާ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާރު ޢާއްމުވެފައިވާ ސިޓީއަކީ ދުނިޔޭގެ ޔޯގާދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށެވެ. އޭގެ އިތުރުން އެސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ ފަތުވާއެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޔޯގާގެ ޝަރުއީ ހުކުމާ މެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރެވޭނެ ވާހަކަ ދަންނަވަމެވެ"

އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަޙްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީ އާންމުވީ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި ޔޯގާ ހެދުން އާންމުވެފައިވާ ކަމަށެވެ. އެގޮތުން ޔޯގާ ހަދަމުންދަނީ މެޑިޓޭޝަންގެ ގޮތުގައާއި ކަސްރަތު އަދި ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ކަމަށް އެ ސިޓީގައިވެއެވެ.

ސިޓީގައި ބުނި ގޮތުގައި ސެޕްޓެމްބަރު 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލިހުން ނެރެފައިވާ ފަތުވާއެއްގައި ވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެކެވެ. އެއީ ހިންދޫ ދީނުގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ނުވަތަ ކަސްރަތެއް ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ފަތިބާ މަޖިލިހުގެ ނިންމުމާ ހަވާލާދީ ސިޓީގައި ބުނެފައިވެއެވެ.

އޭގައި ބުނީ ނޮވެމްބަރު 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިހުން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާ އަށް އަސަރު ކުރާ ކަމަށް ބުނެފައިވެއެވެ.

އެ ސިޓީ އާންމު ވުމާ ގުޅިގެން ޔޯގާ ހަރަކާތް އިންތިޒާމުކުރި ޔޫތު މިނިސްޓްރީން ބުނީ އެ ހަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.