މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯތަކާ ގުޅޭގޮތުން އިދިކޮޅުން ހުށަހެޅު ކުއްލި ދެ މައްސަލަ އެޖެންޑަރ ނުކުރަން މަޖިލިހުގެ ރިޔާސަތުން ނިންމަވައިފިއެވެ.

ކުއްލި ދެ މައްސަލައެއް ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ އުފެދިފައި އޮތްގޮތް ދެނެނުގަނެ އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުން އެއީ މިރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި ހިލާފުކަމެއް ކަމަށެވެ.

މި ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު، ފުލުސް އޮފީހަށް ހުށަހަޅާފައިވާ ފޮޓޯ، މި ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވޭ، އެއީ އަސްލު ކަމަށް ބަލައި މި މަޖިލީހުގައި ބަހުސް ކުރުމުގެ ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،"

މަޖިލިހުގެ ރިޔާސަތުން މިގޮތަށް ނިންމެވުމުން އިދިކޮޅުން ވަނީ މަޖިލިހުގައި އިހުތިޖާޖުކޮށްފައެވެ. އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމާއި، ޕީއެންސީގެ މެންބަރު މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމާ ސުވާލު ކުރަން ދިން ފުރުސަތުގައި މިނިސްޓަރާ ސުވާލު ނުކުރެއްވުމަށް ނިންމަވާފައެވެ.

ދެ މެންބަރުން ސުވާލުކުރައްވަން ދެކޮޅު ހެއްދެވުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން އިންނެވި އަސްލަމް ވަނީ ޖަލްސާ ދޫކޮށް ވަޑައިގެންފައެވެ.

އަދި އިދިކޮޅުގެ ހަ މެމްބަރަކު މަޖިލީހުގެ ޗެމްބަރުގެ އިދާރީ މޭޒު ކުރިމައްޗަށް ވަޑައިގެން އަޑުއުފުލައި އިހުތިޖާޖު ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ މަސައްކަތް މެދުކެނޑުނެވެ.

އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ ކުއްލި މައްސަލާގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތާ ހިލާފު ފާހިޝް އަމަލުތައް ހިންގި މައްސަލަ ބަލައި އަދަބު ދިނުމާއި އެކަން ހުއްޓުވައި ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.