24 އޭޕްރީލް 2021 - އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ގޮތްތަކެއް ނިންމުމަށް ބޭއްވި ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މުންޝިދް / އެމްޑީޕީ

ދިވެހިރާއްޖެ ބަދަލު ކޮށްލި ޕާޓީއަކީ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ޚާއްސަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރީ އެމްޑީޕީން ކަމަށެވެ. އަދި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަންވެސް ފޯރުކޮށްދިނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސްމެއެވެ. އެހެންނަމަވެސް އެމްޑީޕީ މިހާރުވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.