ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ތުހުމަތުކުރެވޭ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޮޓޯގައި މެމްބަރު އަނދުން ހުސެއިންކަމަށށް ތުހުމަތުކުރެވޭ މީހަކު ބަރަހަނާކޮށް، އިތުރު ފިރިހެނަކާއި އަދި އަންހެނަކާއެކު އެނދެއްގެ މަތީގައި އޮންނަ މަންޒަރު ފެނެ އެވެ. އެ ފޮޓޯ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ އެ ފޮޓޯޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

މެމްބަރު އަނދުން ހުސެއިންކަމަށް ތުހުމަތުކުރެވޭ ފަރާތެއް ބަރަހަނާކޮށް ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފަށާފައިވާއިރު، ޤާނޫނީ ވަކީލް ނާޒިމް ސައްތާރުކަމަށް ތުހުމަތުކުރެވޭ ފަރާތެއް އެއްޖިންސުން ގުޅުން ހިންގާ ވިޑިއޯއެއްވެސް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލައިފަ އެވެ. އެ މައްސަލާގައި ނާޒިމްގެ ޕާސްޕޯޓް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފަ އެވެ.

ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފަހައްޓައިފި

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.