ޤާނޫނީ ވަކީލް ނާޒިމް ސައްތާރު

ޤާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ވަކީލް ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެއްޖިންސުން ގުޅުން ހިންގި ވިޑިއޯގެ މައްސަލައާއި ގުޅިގެންކަމަށެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެ މައްސަލާގައި ނާޒިމް ސައްތާރު އިއްޔެ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފަ އެވެ.

އެ މައްސަލާގައި ނާޒިމް ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އަސްލު ވިޑިއޯއެއް ނޫންކަމަށެވެ. އަދި އެއީ ބަޔަކު އޭނާގެ އަގު ވައްޓާލުމުގެ ގޮތުން އާންމުކޮށްފައިވާ ވިޑިއޯއެއްކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ.

ފުލުހުން އިއްޔެ ބުނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން، ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް މީގެ ކުރިން ފުލުހަށް ހުށަހަޅާފައިވާތީ އެކަން ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.