ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ދެ މީހުން ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ދެ މީހުންނާއެކު މިމައްސަލައިގައި މިހާތަނަށް ފުލުހުންވަނީ 14 މީހަކު ހައްޔަރުކޮށްފައެވެ. މީގެތެރެއިން 12 މީހަކަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ. އޭގެތެރެއި ހަ މީހަކު 60 ދުވަހަށް ބަންދުކޮށްފައިވާއިރު ދެ މީހަކު 7 ދުވަހަށް އަދި ހަތަރު މީހަކު ފަސް ދުވަހަށް ބަނދުކުރަން ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.
ދެ މަހަށް ބަންދުކުރި 6 މީހުން:
މުޙައްމަދު ނަދީމް / ކ. ތުލުސްދޫ، ވީނަސް، 43އ
މުޙައްމަދު މަޢުޞޫމް / ތ. މަޑިފުށި، ހެޕީސައިޑް، 40އ
މުޙައްމަދު ޙުސައިން / ހއ. ތުރާކުނު، ގްރީންހައުސް، 47އ
އަމީން އަޙްމަދު / ގދ. ރަތަފަންދޫ، ލިލީޕާރކް، 35އ
އަޙްމަދު ނަސޫޙް / ގއ. މާމެންދޫ / އަސްރަފީވިލާ، 26އ
އަބްދުﷲ ރިފާޢު / ތ. ތިމަރަފުށި، ނަރުގިސްވިލާ، 31އ
ހަތް ދުވަހަށް މަހަށް ބަންދުކުރި 2 މީހުން:
އާދަމް ނިޝާން / ލ. މާމެންދޫ، ސޯސަންވިލާ، 38އ
ފަޟްލޫން މުޙައްމަދު / ށ. މިލަންދޫ، ނާޒް، 33އ
ފަސް ދުވަހަށް ބަންދުކުރި 4 މީހުން:
މުޙައްމަދު އިސްމާޢީލް / ހއ. ހޯރަފުށި، ޔާގޫތުގެ، 48އ
އިބްރާހިމް ރައްޒާން / ސ. ހިތަދޫ، އޯކިޑްވިލާ، 32އ
މުޙައްމަދު ޛިލްޔަން / ކ. މާލެ، މއ. ކަނުހުރާ، 37އ
ޝާމީ ރަޝާދު އިދްރީސް / ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، 30އ
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާތީކަމަށެވެ.
މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ދެ ކައުންސިލް މެމްބަރުންނާއި ދެ ޝެއިޚުން ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހައްޔަރުކުރި ދެ ޝެއިޚުންގެ ދީނީ ދަރުން ދިނުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައެވެ.