ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ދޫކުރަން ފެށުން

އިސްލާމް އަދި ޤުރުއާން މާއްދާގެ ޓެކްސްޓް ފޮތްތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، މިއަހަރު އަލުން ޗާޕުކުރި ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު އިސްލާމް އަދި ޤުރުއާން ފޮތްތައް ނެރެނީ މިދިޔަ އަހަރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މުޅިން އަލަށް ޗާޕުކޮށްގެންކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށިގެން ސްކޫލަށް ދަރިވަރުން އަންނައިރު ހުރިހާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދަރިވަރުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ދޫކުރަން ފެށުން

ގްރޭޑް 1، 2 އަދި 12ގެ ޤުރުއާން ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް މިދިޔަ އަހަރު ވަނީ ފާހަގަވެފައެވެ. މިކަމާ ގުޅިގެން ޚާއްސަ ކޮމިޓީއެއް އުފައްދައި އިިސްލާމް އަދި ގުރުއާން، ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއުކުރުމުގެ މަސައްކަތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޓެކްސްޓް ފޮތްތައް ހަވާލު ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ރޭވިގެން މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.