އައްޝައިޚް ފަޒްލޫން މުޙައްމަދާއި، އައްޝައިޚު އާދަމް ނިޝާނަށް ދެއްވާފައިވާ ދީނީ ތަޤުރީރުކުރުމާއި ވަޢުޡު ބުނުމާއި ދީނީ އިރުޝާދު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ހިފަހައްޓަވައިފިއެވެ.

މި ދެ ޝެއިޚުންގެ ހުއްދަ މިނިސްޓްރީން ހިފެހެއްޓީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ރޭގެ ވަގުތެއްގައި އެމީހުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ މި ހުއްދަ ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ ދަށުންކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ހުއްދަ ބާތިލް ކުރީ ގަލޮޅު ރަސްމީ ދަނޑުގައި ހިންގުނު ހަރަކާތައް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ދައުލަތުގެ މުއްދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވާތީ ކަމަށެވެ.

އެ ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއުކޮށް، އެފަރާތްތަކުގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކްފީރްގެ ސީޣާއިން މީސްމީޑިއާގައި މުހާތަބުކޮށްފައިވާކަން އެނގެން އޮތުމުން، ފަޒްލޫންއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެ ދެ އިލްމުވެރިންގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ހުއްދަ ބާތިލް ކުރަން ނިންމީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމް ދީނުގެ ނަމުގައި، މަދުބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި، މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތަށް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ އައުން މިނިސްޓްރީއިން ވަނީ ކުށްވެރިކޮށްފައެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.

މި މައްސަލައިގައި މިހާތަނަށް 12 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.