-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް ނިންމައިފި އެވެ.

މިހާތަނަށް ރާއްޖޭގައި ޖަހައިފައިވަނީ ކޮވިޑް ވެކްސިންގެ ތިން ޑޯޒް އެވެ. އެއީ ކޮވިޑް ވެކްސިންގައި ހިމެނޭ ދެ ޑޯޒްގެ އިތުރުން، ބޫސްޓަރ ޑޯޒް އެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވަމުން ދިއުމާއެކު، ވެކްސިންގެ ހަތަރު ވަނަ ޑޯޒްއެއް (ބޫސްޓަ ޑޯޒްގެ ދެވަަނަ ޑޯޒްއެއް) ޖެހުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ ކޮވިޑް ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންގެ ގަޔަށެވެ. އަދި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ 18 އަހަރާއި 65 އަހަރާއިދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން ނުވަތަ ދާއީމީ ބޮޑު ބައްޔަކަށް ބޭސްކުރަމުންދާ މީހުންނަށްކަމަށް އެޗްޕީއޭގެ އިއުލާންގައި ބުނެފައިވެއެވެ.

އެ މީހުންގެ ތެރެއިން ހަތަރު ވަނަ ޑޯޒެއްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ، ބޫސްޓަރ ޑޯޒް ޖެހިތާ 4 މަސް ހަމަވެފައިވާ ފަރާތްތަކުގެ ގަޔަށެވެ.

އޭގެއިތުރުން އެޗްޕީއޭއިން ވަނީ ކުޑަކުދިންގެ ގަޔަށް ބޫސްޓަރ ޑޯޒް ޖެހުމަށް ނިންމައިފަ އެވެ. އެގޮތުން ބޫސްޓަރ ޑޯޒް ޖެހުމަށް ނިންމާފައިވަނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެއީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަވާތާ ހަ މަަސްވެފަވާ ކުދިންނަށެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފަ އެވެ. އެގޮތުން މި ދުވަސްވަރު ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވައި އެހެން ހަފްލާތައް ފަސްކުރުމަށް ވަނީ އަންގައިފަ އެވެ.

ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

އެޗްޕީއޭ އިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މި ހިނގަމުން އަންނަ ޖޫން މަހުގެ ދެ ވަނަ ހަފްތާއާއި އަޅާބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު 85 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. އަދި ކޮވިޑްގައި ހޮސްޕިޓަލުގައި އެދުމަތިކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެ، މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ތިން މީހަކު މަރުވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *