ކ. މާފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެ، ޔުޓިލިޓީގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯވެއްޖެއެވެ.

މާފުށްޓަށް މިހާރުވެސް ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ޚިދުމަތް ދެނީ ސްޓެލްކޯ އިންނެވެ. އަދި މިއަދު ސްޓެލްކޯ އިން ވަނީ މާފުށީގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުމަށްވެސް ހަވާލުވެފައެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މާފުށީ ކުނި މެނޭޖްކުރުމާ ހަވާލުވުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަޙްމަދު ޝަފީއުއެވެ. އަދި އެރަށު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޙުސައިން ޞަލާޙެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ މާލެ ފިޔަވާ ސްޓެލްކޯގެ އެންމެ ބޮޑު ކޮންސިއުމާ ބޭސްއެއް އޮތް ރަށަކީ މާފުށިކަމުން އެރަށަކީ އެކުންފުންޏަށް ވަރަށް ޚާއްސަ ރަށެއް ކަމަށެވެ. ޝަރީފް ވިދާޅުވީ މާފުށީގެ ތަޖުރިބާގެ އަލީގައި އެ ކުންފުނިން އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ކ. ގުޅި އާއި ގުރައިދޫއަށް ވެސް މި ހިދުމަތް ފުޅާކުރުން ކަމަށާ އެކަމަކު އެކަން ކުރާނީ މާފުށީގައި ހިންގާ ޕްރޮޖެކްޓުގެ ކާމިޔާބީއަށް ބިނާކޮށް ކަމަށެވެ.

ދެެން އެންމެ އަވަހަށް މި ޕްރޮޖެކްޓް ފަށާނީ ހަމަ އެ ސަރަހައްދުގައި އެ އޮތް ކ. ގުޅި އާއި ގުރައިދޫގަ. އަޅުގަނޑުމެން މާފުށީގެ ތަޖުރިބާގެ އަލީގައި ކުރިމަގުގައި [މިކަން] ރާވާ ވާހަކަ ވެސް ދަންނަވަން،"

ޝަރީފް ވިދާޅުވީ މިއީ އެކުންފުންޏަށް އާ ހިދުމަތެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް ގާއިމުކޮށް މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރައްވާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާފުށީގައި އެންމެ ޒަމާނީ ކުނިކޮށްޓެއް ގާއިމުކޮށް، އެތަނުގައި ކުނި ވަކިކޮށް، ރީސައިކަލް ނުކުރެވޭ ކުނި ބޭރު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

މާފުށްޓަކީ މިވަގުތު ލޯކަލް ޓުއަރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި އަތޮޅުތެރޭގައި ކުރަމުން އަންނަ ރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *