މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމަން ގާޒީން އިތުރަށް ނިކުންނަ ދުވަސްތަކަށް އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެޖިސްޓްރޭޓްގެ މުސާރަ ބޮޑުކުރަން ޖޭއެސްސީން އެދިފައިވާ ގޮތަށް ކޮމިޓީން ފާސް ކުރަން ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒްގެ މި ހުށަހެޅުއްވުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން އެ ކޮމިޝަނުން ހުށަހެޅީ އެކަމަށް އިތުރަށް ހޭދަކުރާ ޖުމްލަ އަދަދު އަހަރަކު 3.7 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ބަޖެޓަކުން މުސާރަ ބޮޑުކުރުމަށެވެ.

ޑީޖޭއޭ އިން ހުށަހެޅީ އިތުރު ގަޑީގައި މަސައްކަތަށް ނިކުންނަވާ ކޮންމެ ފަނޑިޔާރަކަށް ނިކުންނަވާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ހަތަރު މަސް ދުވަހަށް ދިނުމަށެވެ. އެލަވަންސް ދިނުމަށް ގިނަވެގެން ހޭދަވަނީ ޖުމްލަ ހަލައްކަ ރުފިޔާ ކަމަށް ޑީޖޭއޭ އިން ބުނެފައިވެ އެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.