"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބާތިލްކޮށްފި އެވެ.

އިލެކްޝަނުން އާންމު ރައްޔިރުންގެ ޕާޓީ އުފެއްދުމުގެ ހުއްދަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނަދޫގޭ އަޙްމަދު ޞަޢީދަށެވެ. 

އިލެކްޝަނުން ބުނީ އާންމު ރައްޔިތުންގެ ޕާޓީ އުފެއްދުމަށް ސައީދަށް ދިން ހުއްދަ ބާތިލުކުރީ މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި އެއްވެސް ފޯމެއް ހުށަހަށާފައި ނުވާތީ ކަމަށެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްްޓްރީކޮށް ދެނީ 3،000 މީހުންގެ ސޮޔާ އެކު އެވެ. އެގޮތުން ގާނޫނުގައި ވެސް ވާ ގޮތުން އެ އަދަދަށް ޕާޓީގައި މެމްބަރުން ތިބެން ޖެހޭނެ އެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10000 މެމްބަރުން ހަމަވާނަމައެވެ.

ރާއްޖޭގައި މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ 11 ސިޔާސީ ޕާޓީ އޮވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.