ބާ އިމްތިހާން އަންނަ ނޮވެމްބަރު މަހަށް ފަސްކުރަން ބާ ކައުންސިލުން ނިންމައިފި އެވެ.

ބާ ކައުންސިލުން މި އިމްތިހާން ފަސްކޮށްދީފައިމިވަނީ ބާ އިމްތިހާން ފަސްކޮށްދިނުމަށް ވަރަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ގާނޫނީ ވަކީލުކަން ކިޔެވުމަށްފަހު އަދި ހުއްދަ ނުލިބޭ ފަރާތްތަކުން އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިމްތިހާން ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިއްމާފައެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް، ބާ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ބާ އިމްތިހާން ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

ބާ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އިމްތިހާން ހެދުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ދެން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށާ ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 2019 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމްތިހާން ނުބޭއްވުމުގެ ސަބަބުން 283 ވަކީލުންނަށް ވަގުތީ ލައިސަންސެއް ވަނީ ދޫކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.