ޔޯގާ ހަރަކާތް ހުއްޓުވުމަށް ނިކުތް ފަރާތްތައް ބޭނުުންކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރެނީ

އިންޑިޔާ އާއި ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި، ދީނީ އެކި ޖަމާޢަތްތަކަށް ހިތްވަރު ދެއްވައި ހައްދުފަހަނަޅާފާއިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް ކަންކަން ގެންގޮސްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ "އިންޑިއާ އައުޓް" ކެމްޕޭން އެއްވަރެއްގައި ހިފަހައްޓާނުލެވި އަދި ރައްޔިތުންގެ ތާއީދު ނެތި ނާކާމިޔާބުވުމުންކަމަށް މޯލްޑިވްސް ތާ-ޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އެމްޓީޑީން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ އިން އ.ދ އަށް ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ގޮތުގައި 21 ޖޫން ހަމަޖައްސަން 2014 ގައި ހުށަހެޅި ގަރާރު ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ކޯ-ސްޕޮންސަރ ކުރައްވައި ވޯޓު ލައިގެން ފާސްވި ކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަހަކީ ދިވެހި ސަރުކާރާއި އިންޑިއަން ހައިކޮމިޝަން އަދި އ.ދ އާއި ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެއްކަން އެމްޓީޑީގެ އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މިއަދު ރައީސް ޔާމީން އިންޑިއާ އާއި މެދު ހިންގަވާ ޒާތީ ކެމްޕޭނުގައި، އިންޑިޔާ އާއި ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދީނީ އެކި ޖަމާޢަތްތަކަށް ހިތްވަރު ދެއްވައި ހައްދުފަހަނަޅާފާއިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް މިކަންކަން ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ "އިންޑިއާ އައުޓް” ކެމްޕޭން އެއްވަރެއްގައި ހިފަހައްޓާނުލެވި އަދި ރައްޔިތުންގެ ތާއީދު ނެތި ނާކާމިޔާބުވުމުންނެވެ.

އެމްޓީޑީން ބުނީ މިއަދު މެދުއިރުމަތީގެ މުސްލިމު ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް މިދުވަސް ފާހަގަކުރާކަމަށެވެ. ނަމަވެސް ސިޔާސީ މަންފާއަށް ޓަކައި ޕީޕީއެމް އިން އަޑީގައި އޮވެ މި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ނަން ކިލަނބު ކޮށްލާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޓޫރިޒަމަށް ބަރޯސާވާ އަދި ދުނިޔޭގެ އެންމެންނަށް ސުލްހަވެރި މެހެމާންދާރީކަން ވިއްކަމުން އަންނަ މިރީތި ގައުމަށް އެތައް ގެއްލުމެއް މިކަމުގެ ސަބަބުން ވާނެކަމަށްވެސް އެމްޓީޑީން ބުންޏެވެ.

ދުނިޔެއަށް އިގްތިސާދީ  ތަދުމަޑުކަމެއް އައިސް އޮތް ދުވަސްވަރެއްގައި އަޅުގަނޑުމެން އެންމެން މިދިވެހި ގައުމާއި މެދު ފުންކޮށް ވިސްނަންޖެހެއެވެ.

އެމްޓީޑީން ބުނީ ދިވެހި ރާއްޖެ ފަދަ ފަދަ ސުލްހަވެރި އަމާން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މިބާވަތުގެ ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނެތްކަމަށާއި، މިމައްސަލައިގައި ރައީސް ސޯލިހު ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ސީރިއަސް ތަހުގީގެއް ފެށުމަށް އަމިއްލައަށް އިސް ނައްގަވާ ވަގުތުން ނިންމި ނިންމުމަށް މަރުހަބާ ކިޔާކަމަށެވެ.

ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އެ ދިދަތައް ރޭ ފަތިހު ނެރުނީ ޕީޕީއެމް ގެ މައި އޮފީހުންނެވެ. އެކަމަކު ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *