މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވަނީ ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓަލްގައި ހުރި ޓްރާންސްޕޯމަރަށް ޖެހުނު މައްސަލައެއްގެ ސަބަބުންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައ ބުނީ މާާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ.
މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ވަނީ ޖެހިފައި.
ސްޓެލްކޯ އިން ބުނިގޮތުގައި އިތުރު ދެ ފީޑަރު ނިއްވާލަންޖެހުމުގެ ސަބަބުން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފަކަމަށެވެ. އަދި އަލުން ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ.
މާލެ އިން ކަރަންޓު ކެނޑިފައިވަނީ މިރޭ 8:10 ހާއިރު އެވެ.