ޔޯގާ ހަރަކާތް ހުއްޓުވުމަށް ނިކުތް ފަރާތްތައް ބޭނުުންކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރެނީ

ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައިކޮމިޝަނުން ގުޅިގެން ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވުމަށް ޕީޕީއެމް އިން އެހީތެރިވެދީފައިވާ ކަން ހާމަވެއްޖެއެވެ.

މިއަދު ބޭއްވި ޔޯގާ ޑޭ ހަރަކާތް އިންތިޒާމްކޮށް ތާވަލްކުރުމާ ހަމައިން ވެސް ގިނަ ދީނީ އިލްމުވެރިންތަކެއް އެ ހަރަކާތާ ދެކޮޅަށް ވަކާލާތުކޮށްފައިވާއިރު، މިއަދު ހަރަކާތް ފެށުމާއި އެކު ބަޔަކު ވަނީ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ހަރަކާތް ކުރިއަށް ދިޔަ ގަލޮޅު ދަނޑަށް ވަދެ ހަމަ ނުޖެހުން ހިންގާފައެވެ.

މި ދިދަތަށް ޕީޕީއެމް އޮފީސްތެރެއިން ބަޔަކާ ހަވާލުކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވުމެއް ބާއްވަން ރޭވިކަމެއް މިހާތަނަށް އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ފޮޓޯތަކުން ފެންނަގޮތުން އެ ދިދަތަށް ނެރެނީ ހެންވޭރުގައި ހުންނަ ޕީޕީއެމްގެ މައި އޮފީހުންނެވެ.

އެ ދިދަތަކަކީ މީގެ ކުރިން އިދިކޮޅުން ރަސޫލާގެ ދިފާއުގައި ކަމަށް ބުނެ  ބޭއްވި އެއްވުންތަކާއި ސައިކަލުބުރުތަކުގައި ބޭނުންކޮށްފައިވާ ދިދަތަކެވެ. އެކަމަކު ދަނޑަށް ވަތް މީހުންގެ ތެރެއިން ޕީޕީއެމް ބަޔަކު ފާހަގަވެފައެއް ނުވެއެވެ.

މި މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ވަރަށް ހަރުކަށި ގޮތަކަށް ބަލާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

 

 

 

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *