ނިމިދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 400 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ހާމަކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޑުޖެހުމަކަށްފަހު ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ހާއްސަކޮށް، މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ބާރަށް ފެތުރެމުންދާކަން ފާހަގަކޮށްލެވެއެވެ.

ނިމިދިޔަ ހަފްތާގައި މުޅި ރާއްޖެއިން ޖުމްލަ 405 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 231 މީހުންނަކީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުން ޖުމްލަ 95 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކާއި އެހެނިހެން ތަންތަނުން 79 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، މިދިޔަ ހަފްތާގައި އެކަނި ވެސް 17 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ މީހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުންދާ ކަން ސިއްހީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

މާލެ ސަރަހައްދުގައި އެވްރެޖްކޮށް ދުވާލަކަށް 33 މީހުން ޕޮޒިޓިވްވަމުން އަންނައިރު، އަތޮޅުތެރެއިން އެވްރެޖްކޮށް ދުވާލަކަށް ޕޮޒިޓިވްވަމުން އަންނަނީ 13 މީހުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނަގޅުވުމައެކު ރާއްޖޭގައި ކޮވިޑް ޓެސްޓު ކުރުން ކުރިއަށްވުރެ މަދުކޮށްފައިވާތީ މިއީ މިވަގުތު ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އެންމެ ރަނގަޅަށް ހާމަކޮށްދޭ އަދަދު ނޫންކަމަށް ވުން ވެސް އެކަށީގެންވެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *