ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެމްޑީ އަހުމަދު ޝަރީފް ވާހަކފުޅު ދައްކަވަނީ

ސްޓެލްކޯއިން ދޭ ކަރަންޓުގެ އަގު ހެޔޮކުރާނީ ސަރުކާރުން ދޭ ސަބްސިޑީން ނޫން ކަމަށާއި އެހެން ގޮތް ގޮތުން އިތުރު އާމްދަނީ ހޯދައިގެން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް، ސަރުކާރުން ދޭ ސަބްސިޑީއަށް އިޝާރާތް ކުރައްވާ ވިދާޅުވީ މުސްތަގުބަލްގައި އެކުންފުނީގެ މިސްރާބް ބަދަލުކޮށްލަން ބޭނުންވަނީ ސަރުކާރުންދޭ ސަބްސިޑީއަށް ބަރޯސާވެގެން ހިދުމަތްތަކުގެ އަގު ހެޔޮކުރުމުގެ ބަދަލުގައި އިތުރު ވިޔަފާރިތަކަށް ވަދެ އާމްދަނީ ހޯދައިގެން ކުންފުންޏަށް ލިބޭ އާމްދަނީ އަކުން ޚިދުމަތުގެ އަގު ހެޔޮކުރުމަށް ކަމަށެވެ.

އަމިއްލަ އާމްދަނީ ހޯދަައިގެން އެ އަގު ސަބްސިޑައިޒް ކުރާނަން އިރާދަކުރެއްވިއްޔާ، ކުރިމަގުގައި ސްޓެލްކޯގެ ވިޔަފާރި އެހެން ދިމާލަކަށް މިސްރާބު ޖަހައި އެހެން ވިޔަފާރިތަކުން އާމްދަނީ ހޯދައިގެން އަޅުގަނޑުމެން ދޭ ޚިދުމަތްތަށް ސަބްސިޑައިޒް ކުރެވޭނެ ގޮތްތަށް އިރާދަކުރެއްވިއްޔާ، ހޯދާނަން،"

ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް އިތުރު އާމްދަނީ ހޯދާނެ ގޮތް ކަނޑައެޅުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން މަޝްވާރާ ކޮށްގެން ކަމަށާ ސްޓެލްކޯގެ މެނޭޖްމަންޓުގައި އެ ގާބިލުކަން އެބަހުރި ކަމަށެވެ.

ޝަރީފު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަކީ ސްޓެލްކޯ ކަހަލަ، ރައްޔިތުންނަށް ހިދުމަތްކުރާ ކުންފުންޏެއްގެ ވަރަށް ބޮޑު އަމާޒަކަށް ވާންޖެހޭނެ ކަމަށާ ސްޓެލްކޯއިން އެ އިތުބާރު ހޯދާނެ ކަމަށެވެ.

ކަރަންޓުގެ އަގު ހެޔޮކުރަންޖެހޭކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން މިހާރުވެސް ބައެއް ހިދުމަތްތައް ދެނީ ގެއްލުމުގައި ކަމަށާއި ނަމަވެސް އެ ގެއްލުން ފޫބައްދަނީ އެކި ގޮތްގޮތުން ކުންފުންޏަށް ލިބޭ އާމްދަނީން ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުރިހާ ސަރަހައްދެެއްގައި ވެސް ކަރަންޓު އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންނުކުރާ ކަރަންޓަކަށް ބިލްކޮށްފައިނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.