އެމްޓީސީސީގެ ބަސް ސްޓޮޕެއް

އަންނަ އޮގަސްޓް މަހުން ފެށިގެން ބަހުގައި ކޭޝް ކާޑު ބޭނުން ކުރެވޭ ގޮތް ހަދަން އެމްޓީސީސީން ނިންމައިފިއެވެ.

މިކަން ހާމަކުރީ ބަހުގައި ދަތުރުކުރަން ބޭނުން ކުރާ ކާޑް ރިޗާޖް ކުރުމަށް ކޭޝް އެކަނި ބޭނުން ކުރެވޭ ގޮތަށް އޮތުމުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ތައްޔިބު ޝަހީމް ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އާޒިމް ވިދާޅުވީ އަންނަ އޮގަސްޓް މަހުން ފެށިގެން ކިއު.އާރް ކޯޑު އަދި ބޭންކް އޮފް މޯލްޑިވްސްގެ ޓަޗް އެންޑް ގޯ ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެ ކަމަށެވެ.

ބީއެމްއެލުން ވަނީ މާސްޓާކާޑާއި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި އިންޓަގްރޭޓަޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރުމަށް ނިންމައިފައެވެ. އެމްޓީސީސީގެ ބަސް ދަތުރުތަކުގައި ބީއެމްއެލްގެ ވިސާ ކާޑު، އެމެރިކަން އެކްސްޕްރެސް އަދި މާސްޓާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސަން ވަނީ ނިންމާފައެވެ.

ބަހަށް ފައިސާ ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، ދާދި ފަހުން އެމްޓީސީސީން ވަނީ އެ ކުންފުނީގެ ބަސް ފްލީޓަށް އާރްޓީއެލްގެ 16 ބަސް އިތުރުކޮށްފައެވެ. މިބަސްތަކާއެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާ ބަސްތަކުގެ އަދަދު މިވަނީ 46 އަށް އަރާފައެވެ. އޭގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *