މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

އައިލެންޑް އޭވިއޭޝަނަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން، ގައުމީ އެއާލައިން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާ މަޖިލީހަށްހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މިއަދު ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނީ 33 މެންބަރުންގެ ވޯޓާއެކުއެވެ. ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ.

ސައީދު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލާ، އެ ކުންފުނީގެ މާލީ ހާލަތު މިއިން ޒަމާނެއްގައި ދަށަަށް ނުދާހާ ދަށަށް ގޮސް ކުންފުނި ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި 2020 ވަނަ އަހަރު އެ ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2021 ވަނަ އަހަރުވެސް އެ ކުންފުންނަށް 159 މިލިއަން ރުފިޔާ ގެއްލުންވެ، ކުންފުނި މިއިން ޒަމާނެއްގައި ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިވެފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މޯލްޑިވިއަންއަށް 2020 ވަނަ އަހަރު 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު، މައި ކުންފުނި އައިލެންޑް އޭވިއޭޝަނަށް އެސްބީއައިއިން ދޫކޮށްފައިވާ އޯވާޑްރާފްޓް ފެސިލިޓީ ދަރަނީގެ އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ލޯންތައް ނެގުމަށް މޯލްޑިވިއަންގެ ހަ މަތިންދާ ބޯޓު ގްރައުންޑް ކޮށްފައިވާތީ އެމްއޭސީއެލަށް ވެސް 50 މިލިއަނަށްވުރެއް ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ މިހާރުވެސް އައިލެންޑެ އޭވިއޭޝަނުގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15 އާއި 18 މިލިއަން ރުފިޔާ ލޯނު ނަގައިގެން ކަމަށެވެ. އަދި ކުންފުނީގެ ހާލަތު މިހާ ދަށުދަރަހަޖަށް ވެއްޓުމުގެ ސަބަބުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ އަދި ހިފަހައްޓަންޖެހޭ ކަންކަން ނުހިފެހެއްޓި، ފަހަކަށް އައިސް މަތިންދާ ބޯޓުތަކަށް ގިނަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މަތިންދާބޯޓުގެ ޓަޔަރުތައް ބަދަލުކުރަންޖެހޭ މުއްދަތުގައި ބަދަލު ނުކުރެވި ބައެއް ބޯޓުތަކަށް ސްޕެއާ ނުލިބި ގްރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތި ވަމުންދޭ

މޯލްޑިވިއަން އަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ދަތުރުކުރާ އެއާލައިނަކަށްވާތީ މިކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކުންފުނީގެ މަތިންދާ ބޯޓުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސައީދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *