ދަރިފުޅު މަރާލިކަމުގެ ކުށް ޝާހިދާގެ މައްޗަށް ސާބިތުވޭ--- ފޮޓޯ: ސަން

މީގެ ހަ އަހަރު ކުރިން ށ. ނޫމަރާގައި ވަޅިން ހަމަލާދީ އަމިއްލަ ދަރިފުޅު މަރާލިކަމުގެ ދައުވާ ކޮށްފައިވާ ށ.ފުނަދޫ،  ދިނަށަ، އާމިނަތު ޝާހިދާ ގެ މައްޗަށް ހުކުމްކޮށްފިއެވެ.

ޝާހިދާ ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ނިންމާފައެވެ.  ޝާހިދާ 17 އަހަރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ވަނީ ހުކުމްކޮށްފައެވެ.

2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދިރިއުޅޭ ގޭ ކޮޓަރީގައި އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ކުއްޖާގެ ކާފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ޝާހިދާ މަރާލާފައި ވަނީ އޭނާގެ އެންމެ ހަގު ދަރިފުޅު އާމިނަތު ޝައިހާއެވެ. ދޮއްޓަށް އަދި ދެ ކުދިން ތިބޭ އިރު، އޭނާ ޝައިހާ މަރާލީ އެމީހުން ފުނަދޫ އިން ނޫމަރާއަށް ދިރިއުޅުން ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. މައްސަލައަށް ގާތްގަނޑަކަށް 6 އަހަރުވެފައިވާއިރު، ޝާހިދާ އެ ކުއްޖާ މަރާލީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެއެވެ. އަދި ކުޑަކުއްޖެއްގެ މައްސަލައަކަށް ވާތީ މައްސަލަ ކުރިއަށްގެންދަނީ ވެސް ސިއްރުކޮށްގެންނެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *