‎ކ. ކުޑަގިރީގައި ދަތުރުދާ ރަށެއް ތަރައްޤީ ކުރަމުންދާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން

މި އަހަރުގެ މިހާތަނަށް ސަރުކާރުން ތަރައްޤީގެ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރަމުން އަންނަ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަސް ނިންމާލިއިރު ސަރުކާރުން ތަރައްޤީގެ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށާއި، ބަނދަރުތައް ހެދުމަށެވެ. އެގޮތުން ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތަށް 370 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. ބަނދަރުތައް ތަރައްޤީކުރުމަށް މި މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 360 މިލިއަން ރުފިޔާ އެވެ.

އޭގެއިތުރުން ސަރުކާރުން ވަނީ ފުރަތަމަ ފަސް މަސް ދުވަސް ނިންމާލިއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި، ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް 350 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގައި ތަރައްޤީގެ މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކުރި 2.5 ބިލިއަން ރުފިޔާއަކީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރުން ތަރައޤްީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ތަރައްޤީގެ މަޝްރޫއުތަކަށް މި އަހަރު ކަނޑައަޅާފައިވާ އަދަދަކީ 6.4 ބިލިއަން ރުފިޔާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.