އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާނެ ކަމަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ކުރިއަށްގެންދިއުން ކަމަށެވެ.

ފުނަދޫގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭއްވި މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ. ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުންފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި އެއާޕޯޓު ސަރަހައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ފެރީ ނެޓްވޯކް ފެށޭއިރު ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުންނާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި އަދި ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

ރޭ ފުނަދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ފާހަގަކުރެއްވި ފުނަދޫގެ ތަރައްގީގެ ކަންކަމުގެ މައްޗަށް ވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އެގޮތުން ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައި ވެއެވެ.

އަދި ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރިއަށް ގެންދަވާނެ ކަމަށާއި، ސްކޫލަށް އިތުރުކުރެވޭ 15 ކްލާސްރޫމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރަށް ފުނަދޫ ސްކޫލުގައި ސްޓާފް ރޫމެއް ހިމެނޭހެން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހެލްތު ސެންޓަރުތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހެލްތު ސެންޓަރުތަކަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަމާއި މެޑިކަލް ކޮންޒިއުމަބުލް ހޯދުމުގައި ހުރި ދަތިތަކާއި ހަރުމުދާ ހޯދުމުގައި ހުރި ދަތިތަކާއި އިންސާނީ ވަސީލަތް ހޯދުމުގައި ހުރި ދަތިތައްފަދަ ކަންކަން ހިމެނެއެވެ،

ށ. އަތޮޅުގެ ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ބަޖެޓުތެރޭން ގެނެވެންހުރި ބަދަލުތައް ގެންނެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު މުޅި ސިއްހީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ށ. އަތޮޅުގެ ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ފުނަދޫ ގިރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދު ބައްލަވާލައްވާފައެވެ. އަދި ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *