ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދުއަށް ވަޑައުގެންފިއެވެ.

އެމަނިކުފާނު ފުނަދުއަށް ވަައިގެންނެވީ ދާދި ދެންމެ އަކުއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންފައި މިވަނީ މި ހަފްތާ ބަންދުގައި ށ. ފުނަދުއާއި، ނ. ހޮޅުދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ރަށުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުނަދޫ ކައުންސިލް މެމްބަރުންނާއި އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، ށް. ފުނަދޫ ސްކޫލުގެ ރަންޔޫބިލް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި މިރޭ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމަނިކުފާނު ފުނަދޫ އަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެމަނިކުފާނުގެ އިސްތިގުބާލުގައި ބަނދަރު ސަރަހައްދުގައި ސަފުތައް ފުރާލާފައިވާ މަންޒަރު ފެނިގެން ދިޔައެވެ.

އެމަނިކުފާނު ހޮޅުދުއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރު 11:45 ހާއިރެވެ. އަދި މާދަމާ ހޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާއިރު، ސައިފޮދެއްގައި ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެރަށު މޭނާ ސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ގޮތުން މޮނިއުމަންޓެއް އެރުވުމާއި، މާދަމާ ރޭގެ ހާއްސަ ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *