މިމަހު ދެވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ދޫކޮށްލި ތިން މީހުންނަކީ މާރާމާރީގެ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ރަށުގެ އަމާންކަން ނަގާލަން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުން ކަމަށެވެ.

ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން  އިއްޔެ ދޫކޮށްލީ 29 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމަހު ދެވަނަ ދުވަހުގެ މެންދަމު 3:10 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމްވީ އުމުރުން 21 އަހަަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އެ ދުވަހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މި މައްސަލައިގެ ސީދާ ތުހުމަތަށް ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ 16 އަހަރާއި 15 އަހަރުގެ ދެ ކުއްޖެކެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ އެއީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްވާ ގުޅުންހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *