ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާދޭން ނުޖެހޭނެގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

އެމްއެންޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބިލް ހުށަހަޅާފައިވަނީ މި ޤާނޫނުގައި 10,000 (ދިހަހާސް) މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ކަމަކަށް ނުވާތީކަމަށެވެ. އަދި ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަކީ ހަމަޖެހޭ ކަމެއްކަމަށްވެސް ގަބޫލު ނުކުރެވޭތީކަމަށެވެ.

އެހެންކަމުން އެ ޕާޓީން ހުށަހަޅާފައިވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާދޭންޖެހޭގޮތަށް އޮތްއޮތުން ޤާނޫނުން އުނިކުރުމަށެވެ.

އޭގެއިތުރުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުން ޕާޓީތަކުގެ އަތްމައްޗަށް ދޫކޮށްލުމަށްވެސް ހުށަހަޅާފައިވެއެވެ. އެގޮތުން އެ ބަޔާނުގައި ބުުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރެއް އިލެކްޝަންސް ކޮމިޝަނުން ބެލެހެއްޓުމުގެ ބަދަލުގައި އެކަމަކީ ޑިމޮކްރެޓިކް އެހެނިހެން ގައުމުތަކުގައިވެސް ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ބަދަލުކުރުމަށް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.

އެމްއެންޕީން ބުނިގޮތުގައިޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުތައް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބެލެހެއްޓި، ދައުލަތުގެ ބަޖެޓަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *