PRESIDENT MOHAMED NASHEED ATTACK BOMB
6 މެއި 2021 - ހަމަލާދެވުމުގެ ކުޑަަގުތުކޮޅެއް ކުރިން ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުންނަވާ، ހިންގަވާފަ ކާރުކޮޅަށް އަރާވަޑައިގެންނެވުމަށް ދަނީ -- ފޮޓޯ: ފުލުހުން އާންމުކޮށްފައިވާ ވިޑިއޯ އިން ނެގިފައިވާ މަންޒަރެއް

މޭ ހައެއް ހަމަލާގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ، އާދަމް މުހައްމަދު އެ މައްސަލައިން ތަނާޒުލްވެވަޑައިގެންނެވުމުން، ސަރުކާރުގެ މައި ޕާޓީ  މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިޔާސަތު ބަލަހައްޓަވާ ގާޒީ މައްސަލައިން ތަނާޒުލްވެވަޑައިގެންނެވީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ މ. ކުދެހިގޭ އިސްހާގުގެ ދަރިއެއް، އޭނާއަށް މީގެ ކުރިން އިންޒާރުދީފައިވާތީ، އެކަމުގައި އޭނާގެ މަސްލަހަތު އޮތް ކަމަށް ގަބޫލުކުރެއްވޭތީއެވެ. އިސްހާގުގެ ދަރިއަކު ގާޒީއަށް މީގެ ކުރިން އިންޒާރު ދީފައި ވަނީ ބްލޮގަރު ޔާމީޏް ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.

ގާޒީ ތަނާޒުލްވެވަޑައިގެންނެވުމުން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް ގާޒީގެ ފަރާތްޕުޅުން އެޅުއްވި ފިޔަވަޅަކީ އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ކުރިއަށް ނުގެންދާނަމަ، މި ދަނޑިވަޅުގައި ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިސްހާގުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި ގާޒީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި، އަދި ކިހެއްތަ ސްޓެލްކޯގެ ވަޒީފާގައި ހުރުމުންކަމުގައި ވުމަކީ، މި ޕާޓީން ކުށްވެރިކުރާ ކަމަކެވެ.

ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށް އެމްޑީޕީން ވަނީ އެދިފައެވެ. އަދި މި ބިރުދެއްކުމުގެ މައްސަލައަށް ހަ މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި، ދައުވާކުރަން ފޮނުވުމަށް ނުވަތަ މި އަމަލު ހިންގި ފަރާތް، ޓެގު އަޅުވައިގެން މޮނިޓާ ކުރުމަށް ކަމަށް އެމްޑީޕީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.