ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް، މަޤާމުން ވަކިކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
މިއަދު މެންދުރު ބޭއްވި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި އެގޮތަށް ނިންމީ، ބައްދަލުވުމުގައި ބައިވެރިވި މެެމްބަރުންގެ އަޤުލަބިއްޔަތުންނެވެ. އެގޮތުން ޕާލިމެންޓްރީ ގުރޫޕްގައި، ޝަމީމް މަޤާމުން ވަކިކުރުމަށް ފާސްވެފައިވަނީ ވޯޓުދިން 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.
ޝަމީމް ޕްރޮސިކއިުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ބޮޑު ތާއީދަކާއެކު އެވެ. ނަމަވެސް ޕީޖީގެ މަޤާމަށް ވަޑައިގެން ނިންމަވަން ފެއްޓެވި ބައެއް ނިންމުންތަކުގެ ސަބަބުން އެމްޑީޕީގެ މެމްބަރުންގެވެސް ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
އޭގެއިތުރުން ޝަރީއަތަށް ހުށަހަޅާ ބައެއް މައްސަލަތަކުގައި ޕީޖީ ޓީމުގެ ޕަރފޯމެންސް ރަނގަޅު ނޫންކަމުގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.